މޮށެއުޅޭ ބަހުރުވަ ތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކިރަށެއްގެ ނުވަތަ ވަކިސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރޭން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީވެސް އަހައިފައިވަނީވެސް އަންނަނިވި ގޮތަށެވެ. ގެންގަރަން: ހައްދުންމަތީގައި މިލަފުޒު ބޭނުންކުރާ ރަށްރަށުގެ މީހުންނަކީ ހައްސަ ބައިގެން އޮޑި ލެފިޔަސް އޭގެން އެއްމެ މަހެއްވެސް ގޭދޮށަކަށް ގެންދާބައެއް ނޫނެވެ. އެވެރިން މަސްތައް ގޭދޮށަށް ’ގެންގަރަނޫ‘ އެވެ. ވާނޭކަމުގެ މިސާލުގައި ”ގެންގަރާނޫ“ އެވެ. ”ކަމަނާ ރިހާކުރު ހާނަނޫ މޫސާ ގެންގަރަން މަހުން“ ނެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން ގެންގަރާން އާންމުކޮށް ބޭނުންކުރަނީ އަތިރިމަތިން ނުވަތަ ގޮނޑުދޮށުން ނުވަތަ ބަނދަރުމަތިން އެއްޗެއް އެއްގަމަށް ގެންދިއުމަށެވެ. ހައްދުންމަތީގެ ބަހުރުވައިން ލިޔެފައިވާ ތިރީގައިވާ ވާހަކަތަކަށް ނަޒަރު ހިންގަވައިލައްވާށެވެ. އަތިރީން އަރާނޫ އެއްގަމަށް. އަތިރީން އަރާން ޖެހެނޫ އަތިރިޔަކޫ އެއްގަމަށް ތުރެން ތިރި ތަނަކަށް ވަނައިތި. ހަރަގަނޑަކުން ވިސް މައްތަށް އަރާނޫ. މިސްކިތަށްވިސް އަރާން ޖެހެނޫ މިސްކިތްވިސް ހަމަ ބިމަށް ތުރެން އުސްކޮށް…
މި ލިޔުން ކިޔުއްވުމަށް
މުޅި މަޖައްލާ ކިޔުއްވުމަށް މެންބަރުވެލައްވާ، ނުވަތަ ހަމައެކަނި މި ލިޔުން ބައްލަވައިގަންނަވާ.
މި ލިޔުން ބައްލަވައިގަތުމުން 5 ދުވަހުގެ މުއްދަތަށް ކިޔުއްވޭނެއެވެ.
މެންބަރެއްތޯ؟ ލޮގިން ވެލައްވާ
