ޙާޖީ ބަންޑާރައިންނަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ ނަންފުޅަކީ މުޙައްމަދު މަނިކުފާނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ފަހު ރަސްކަންކުރެއްވީ މި ރަދުންނެވެ. ތާރީޚުގައި ޙާޖީ ބަންޑާރައިން އަދި ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް މި ރަދުންނެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1766 އިން 1773 އަށެވެ. އެއީ ހިޖުރައިން 1180 އިން 1187 އަށެވެ. ޙާޖީ ބަންޑާރައިންނަށް މަލާބާރީން (ހޮޅީން)ގެ ގުރާބުތަކެއް ރާއްޖެ ހިފަން އަންނަ ޚަބަރު ލިބިވަޑައިގަތީ ރޯދަމަހެއްގައި ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ދެނަމާދު ދޭތެރޭގައެވެ. އެއީ ހިޖުރައިން 1184 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރު ދުވަހެވެ. އެ ޚަބަރު ލިބިވަޑައިގެންނެވީ އޭގެ ދެ ދުވަސްކުރިން (ރަމަޟާންމަހުގެ 9 ވަނަ ދުވަހު) އެ ރަދުންގެ ދަރިކަނބަލަކު އަވަހާރަވެގެން އެކަމުގެ "މޮޅި ހާލުކޮޅުގައި" އިންނަވަނިކޮށް ކަމަށް ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވެއެވެ. ރަދުންނަށް މަޢުލޫމާތު ލިބިވަޑައިގަތީ ހޮޅީންގެ 2 ގުރާބާއި، 4 ނަވާއި، 8 އޮޑި ކެލާކައިރިން ރާއްޖެ ވަދެގެން ދައްޕަރާ ދިމާއަށް ދަތުރުކުރާ ކަމަށެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމުގެ…
މި ލިޔުން ކިޔުއްވުމަށް
މުޅި މަޖައްލާ ކިޔުއްވުމަށް މެންބަރުވެލައްވާ، ނުވަތަ ހަމައެކަނި މި ލިޔުން ބައްލަވައިގަންނަވާ.
މި ލިޔުން ބައްލަވައިގަތުމުން 10 ދުވަހުގެ މުއްދަތަށް ކިޔުއްވޭނެއެވެ.
މެންބަރެއްތޯ؟ ލޮގިން ވެލައްވާ
