ޢަބްދުﷲ ސަޢީދު މާލޭ ލޮނުޒިޔާރަތްކޮޅަކީ ކުރީ ޒަމާނުގައި މީހުން ވަޅުލާފައި ހުރި ބިސްތާނަތައް ހުރި ތަނެކެވެ. އެ ބިސްތާނަތަކުގެ ތެރެއިން އެންމެ އެއްގަމަށްހުރި ބިސްތާނައަކަށް ކިޔަނީ އުސްބިސްތާނައެވެ. ބިސްތާނައަކީ މަހާނަ ވަށައިގެން ރާނާފައި ހުންނަ ގާފޮޅާއި އޭގެ އެތެރެއެވެ. އުސް ބިސްތާނައިގައި ހުރީ ހަތަރު ގާސަންދޯކެވެ. މި ސަންދޯއްތައް ކޮނެ ބަލައިގެން 1966 ވަނަ އަހަރު ދިވެހިރާއްޖޭގެ ތާރީޚު ކޮމެޓީން ދިރާސާއެއް ކުރިއެވެ. އެ ދިރާސާއަށްފަހު މުހިންމު ދެކަމެއް ނިންމިއެވެ. އެއީ އެ ސަންދޯއްތަކުގައި ތިބީ އިސްލާމުން ނޫންކަމަށާއި، އެ ސަންދޯއްތަކަކީ ކަލާފާނު ރަދުންގެ ދުވަސްވަރުގެ ސަންދޯއްތަކެއްކަމަށެވެ. ނުވަތަ އެއަށްވުރެ ކުރީގެ ސަންދޯއްތަކަކަށް ވެދާނެކަމަށެވެ. އުސް ބިސްތާނަ ކޮނެގެން ބެލީ 1966 ވަނަ އަހަރުގެ ޖުލައިމަހުގެ 8 ވީ ހުކުރު ދުވަހު ހެނދުނު 7:30 ގައެވެ. އެ ބިސްތާނަ ކޮނުނީ ތާރީޚު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ހާޒިރުގައެވެ. އެއީ އަލްފާޟިލް އަޙްމަދު ޒަކީއާއި، އައްނަބީލް މަލިމް މުޙައްމަދު ދީދީއާއި، އަލްއުސްތާޛު ޢަދުނާން ޙުސައިނެވެ. ކޮނެގެން ބެލިއިރު ބިސްތާނުގައި ހުރީ ހަތަރު ގާ ސަންދޯކެވެ. ސަންދޯއްތަކުގެ މަތި ހުރީ ހިފާނެ އަތްގަނޑުތައް ލައިފައެވެ. އަދި ކޮންމެ މަތިގަނޑެއް ހުރީ މެދަށް…
މި ލިޔުން ކިޔުއްވުމަށް
މުޅި މަޖައްލާ ކިޔުއްވުމަށް މެންބަރުވެލައްވާ، ނުވަތަ ހަމައެކަނި މި ލިޔުން ބައްލަވައިގަންނަވާ.
މި ލިޔުން ބައްލަވައިގަތުމުން 10 ދުވަހުގެ މުއްދަތަށް ކިޔުއްވޭނެއެވެ.
މެންބަރެއްތޯ؟ ލޮގިން ވެލައްވާ
