ޤައުމިއްޔަތު

މާލޭގެ އަންހެނުން އިނގިރޭސި ސަފީރާ ދެކޮޅަށް ކުރި މުޒާހަރާ (16 ނޮވެންބަރު 1962، ހުކުރު ދުވަސް)

2 ފެބްރުއަރީ 2024

ލިޔުނީ: އަޙުމަދުސާލިމް "މިނިވަންކަން ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ޢަޒުމުން"، މި މަޢުޟޫޢުގައި ނ.ޢ.ޢ.ވ އޮނަރަބަލް ޢައްބާސް އިބްރާހީމް ލިޔުއްވާފައިވެއެވެ: "އޭރު އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްނެތެވެ. އަންހެނުންތައް އަތިރިމައްޗަށް މިއަންނަނީ ދޯނިފަހަރުގައި ދޫނިދޫ ކަރިއަށް ދާށެވެ. އިނގިރޭސި ސަފީރު ޑޭވީ ހުންނަވަނީ އެރަށުގައެވެ. ފަޅުތެރޭގައި ހުރި ދޯނިތަކަށްވެސް އަންހެނުން އަރަން ފަށައިފިއެވެ. އަދި ފަލިޖަހާފައި ނެރުތަކުން ބޭރަށް ދޯނިތައް ނެރެން ފަށައިފިއެވެ. އެންމެފުރަތަމަ ނުކުތީ ޖައްރާފު ދޯންޏެވެ…" އަދިވެސް ލިޔުއްވާފައިވެއެވެ: "އަންހެނުންގެ މުޒާހިރާ ފެށުމާއެކު ނާޞިރު އަތިރި މާފަންނުގެއަށް ވަޑައިގަންނަވައިފިއެވެ. ޒަމާނަކީ މޯބައިލް ފޯނު ކީއްކުރަންތޯ؟ ވޯކީޓޯކީވެސް ގެންގުޅޭ ޒަމާނެއްނޫނެވެ. ވީމާ އަޅުގަނޑަށާއި ސައިކުރާ އިބްރާހީމް ނަޢީމަށް ޖެހުނީ ބައިސްކަލުގައި ފަހަރަކު މީހަކު ގޮސް ބޮޑު ކޯއްޓޭ ބުރުޒުގެ އިރުމަތިން ޚަބަރު ގެނެސް ދިނުމަށެވެ. އަންހެނުންގެ މުޒާހިރާ ތަރައްޤީވަމުން ދާގޮތް ބޮޑުވަޒީރަށް ދަންނަވަމުން ދިޔުމަށެވެ. އެހިސާބުން އޭރުގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ބޮޑުވަޒީރު ނާޞިރު އިމަރޖެންސީ ޙާލަތު އިޢުލާން ކުރައްވައިފިއެވެ. އަދި އިމަރޖެންސީ ޙާލަތުގެ ދަށުން ބޮޑުވަޒީރު ނެރުއްވި އަމުރަކީ އެވަގުތުން ފެށިގެން އެހެންގޮތަކަށް އަންގަންދެން، މާލޭގެ ފަޅުން ބޭރަށް ނުކުންނަ އެއްވެސް ދޯންޏެއްގައި…

މި ލިޔުން ކިޔުއްވުމަށް

މުޅި މަޖައްލާ ކިޔުއްވުމަށް މެންބަރުވެލައްވާ، ނުވަތަ ހަމައެކަނި މި ލިޔުން ބައްލަވައިގަންނަވާ.

މި ލިޔުން ބައްލަވައިގަތުމުން 10 ދުވަހުގެ މުއްދަތަށް ކިޔުއްވޭނެއެވެ.

މެންބަރެއްތޯ؟ ލޮގިން ވެލައްވާ

ޙިއްޞާ ކުރައްވާ

މި ބައިން އިތުރު ލިޔުންތައް ހުރިހާ ލިޔުމެއް ›

ތާރީޚްޙާޖީ ބަންޑާރައިންގެ ޖިހާދު31 ޖެނުއަރީ 2024ޤައުމިއްޔަތުޤައުމާއި ވަޠަނާއި ދައުލަތާއި ޤައުމިއްޔަތު31 ޖެނުއަރީ 2024