ތާރީޚް

ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟

25 ޖެނުއަރީ 2024

ޠާހާ އަބޫބަކުރު 15 ފެބުރުވަރީ 2018މ. އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުން ކަމަށެވެ.  ބޯގަ ފަތްކޮޅުތަކަށް ވިސްނާއިރު ބައެއް ފަތްކޮޅުތަކުގައި މިސްކިތްބެލެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން މުދިމަކާއި އިތުރު މީހުންގެ ޚަރަދު ބަރަދުވެސް ހިމެނިފައި އޮވެއެވެ. އަދި އެބަޔެއްގެ ޒިންމާތައްވެސް ލިޔެވިފައި ހުރެއެވެ. ވަޤުފު ބެލެހެއްޓުމުގެ ޙަވާލުވެރިންނަކީ ތައުލިޔަމޫލަވެރިންނެވެ. ބައެއް ފަހަރު އެއީ މިސްކިތް ބިނާކުރި ފަރާތެވެ. ނުވަތަ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ބަޔެކެވެ. ބޯގަފަތްކޮޅުތަކުގައި މޫލަވެރިންނަށް ހުރި މަންފާތަކުގެ އިތުރުން ޢިނާޔަތާއި ޚާއްޞަކަންކަންވެސް ބަޔާންވެފައި ހުރެއެވެ. ވެރިކަމުގެ ފަރާތުން އަންގާ އެހެނިހެން ބައެއް އަމުރުތައްވެސް އޭގެ…

މި ލިޔުން ކިޔުއްވުމަށް

މުޅި މަޖައްލާ ކިޔުއްވުމަށް މެންބަރުވެލައްވާ، ނުވަތަ ހަމައެކަނި މި ލިޔުން ބައްލަވައިގަންނަވާ.

މި ލިޔުން ބައްލަވައިގަތުމުން 10 ދުވަހުގެ މުއްދަތަށް ކިޔުއްވޭނެއެވެ.

މެންބަރެއްތޯ؟ ލޮގިން ވެލައްވާ

ޙިއްޞާ ކުރައްވާ

މި ބައިން އިތުރު ލިޔުންތައް ހުރިހާ ލިޔުމެއް ›

ތާރީޚްލޮނުޒިޔާރަތްކޮޅުގައި ހުރި “އުސްބިސްތާނަ”31 ޖެނުއަރީ 2024ތާރީޚްޙާޖީ ބަންޑާރައިންގެ ޖިހާދު31 ޖެނުއަރީ 2024ނާޑުކަތާ“ހައިބަތްތެރި” ނުވަތަ “ބޮޑު” މިމާނައިގާ ބޭނުންކުރެވޭ ސެންސްކްރިތު13 ޖެނުއަރީ 2024